§ ބަރަބޯ ޗިޗަންޑާ މުރަނގަތޮޅި ފަދަ ބާވަތްތަކުން ރިހަ ކައްކާއިރު ތޮށި ނުމަށާށެވެ. އެތޮށީގައި އެތަށް ވިޓަމިނެއް އެކުލެވިގެންވާނެއެވެ.
§ ބާކީ ކައިފައި ގިނަވެފައި ހުންނަ ހިކި ރިހަ އުކައިލުމުގެ ބަދަލުގައި އެމަސްގަނޑުން ޕައި ފަދަ ބާވަތްތައް ތައްޔާރުކުރަން ބޭނުންކުރެވިދާނެއެވެ.
§ ދިޔާކޮށް ހުންނަ ސޫޕު އޮލަކުރަން ބޭނުންނަމަ ފެނުކައްކާފައި އޮތް އަލުއްވެއް ގާނާ ލުމަށްފަހު ސޫޕާއިއެއްކޮށް ކައްކާލާފައި ފުރާނާލާށެވެ.
§ ރިހާގައި ލޮނު ގަދަވެއްޖެނަމަ މޮޑެފައި އޮތް ފުއްގަނޑަކުން 2 ނުވަތަ 3 ގުޅަ (ފަސްއޮށުގެ ސައިޒަށް) ހަދާލުމަށްފަހު ރިހަތެއްޔަށްލާފައި އިރުކޮޅަކު ކައްކާލުމަށްފަހު ނަގާށެވެ.
§ ޕާޓީތަކުގައި ސޭންޑްވިޗް ސާރވް ކުރާއިރު ތާޒާކޮށް ބެހެއްޓުމަށްޓަކައި ޓްރޭގައި ލެޓިއުސް ފަތް އަތުރާލުމަށްފަހު ފަތްތަކުގެ މަތީގައި ސޭންޑްވިޗް އަތުރާލާށެވެ. ނޫނީ ލެޓިއުސް ފަތް ހަނިދިގަށް ކަފާލުމަށްފަހު ސޭންޑްވިޗް މަތީގައި އަތުރާލާފައި ބަހައްޓާށެވެ.
§ އާފަލު ބޭކް ކުރާނަމަ ބޭކް ކުރުމުގެ ކުރިން އާފަލުފަޅި މަތީ ވަޅިއަކުން ރޮނގެއް އަޅާލާށެވެ. އޭރުން ފަސޭހައިން ފަޅައިގެން ނުދާނެއެވެ.
§ ބިސްކޯދު ގިނަދުވަހު ތާޒާކަންމަތީ ބަހައްޓަން ބޭނުންނަމަ، ބިސްކޯދު އަޅާފަ ހުންނަ ދަޅުގެ ތެރެއަށް ކުޑަ ހަކުރުކޮޅެއް ލާފައި ބަހައްޓާލާށެވެ.
§ ނޫޑުލިސް ޕެކެޓުގެ ތެރޭގައި އޮންނަ ކުޑަޕެކެޓު (ސޫޕު ޕެކެޓު) އެއްލައި ނުލާށެވެ. މުގުރިހަ، ތަރުކާރީ ރިހަ ނޫނީ ތަރުކާރީގެ ބަތެއް ތައްޔާރު ކުރާއިރު ބޭނުން ކުރުމުން ރަހަ މީރުވާނެއެވެ.
§ ބިސްކޯދު ހަދަން ތައްޔާރު ކުރާ ފުއްގަނޑު ކެފުމުގެ ކުރިން ކަޓަރު / ވަޅީގައި ފުއްކޮޅެއް ހާކާލާށެވެ. އޭރުން ތަތްނުލަވާނެއެވެ. ތާޒާކަން ކެނޑިފައި ހުންނަ ޕާންތައް އުކާލުމުގެ ބަދަލުގައި ބްރެޑް ޕުޑިންފަދަ ބާވަތްތައް ތައްޔާރުކޮއްލާށެވެ.
§ ބަތަށް ނުވަތަ ރިހަޔަށް ތޮޅި މިރުސް ލާނަމަ ކުދިކޮށް ކޮށުމުގެ ބަދަލުގައި މިރުހުގެ މެދުން ދިގަށް ދެފަޅިކޮއްލުމަށްފަހު ލާށެވެ.
No comments:
Post a Comment